ބޭނުންވާ ތަކެތި (މެރިނޭޓް ކުރުމަށް)

300 ގުރާމު ބޯންލެސް ޗިކަން

1 މޭޒުމަތީ ސަމުސާ މުގުރި އަސޭމިރުސް

1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

½ މޭޒުމަތީ ސަމުސާ އިނގުރު ޕޭސްޓު

1 މޭޒުމަތީ ސަމުސާ މުގުރި މިރުސް (ޗިލީ ފްލެކްސް)

1 މޭޒުމަތީ ސަމުސާ ޕޮޓޭޓޯ ފްލާ

ސޯސް ތައްޔާރުކުރުމަށް

1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

1 މޭޒުމަތީ ސަމުސާ ވިނިގާ

1 މޭޒުމަތީ ސަމުސާ ފެން

1 މޭޒުމަތީ ސަމުސާ ޕޮޓޭޓޯ ފްލާ

½ ޖޯޑު ލީކްސް (ދިގުކޮށް ކޮށާފައި)

1 މޭޒުމަތީ ސަމުސާ މުގުރި މިރުސް (ޗިލީ ފްލެކްސް)

1 ފިޔާ

1 ޖޯޑު ގްރީން އޮނިޔަން

6 ލޮނުމެދު

1 ގްރީން ކެޕްސިކަމް

1 ރެޑް ޕެޕާ

5 ހިކިމިރުސް

ރަހަލާވަރަށް ލޮނު

(ތެއްލަން)

ތައްޔާރުކުރާނެ ގޮތް

ކުކުޅު ސާފުކޮށްފައި ކުދިކޮށް ކޮށާލާށެވެ. އެއަށްފަހު ތައްޓަކަށް އަޅާށެވެ. ދެން އިނގުރު، ސޯޔާސޯސް، އަސޭމިރުސް، މުގުރި މިރުސް، ލީކްސް އަދި ޕޮޓޭޓޯ ފްލާ އަޅާއެއްކޮށްލާށެވެ. ދެން ތަވަޔަކަށް ތެޔޮ އަޅާ ކުކުޅު ކޮޅު ތެއްލަލާށެވެ.

އަނެއްކާވެސް ތަވަޔަކަށް ¼ އެއްބައި ޖޯޑު ތެޔޮ އެޅުމަށްފަހު ލޮނުމެދު ކޮޅު އަޅާ 30 ސުކުންތެއްހާއިރު ތެއްލާލާށެވެ. އެއަށްފަހު ކޮށާފައި ހުރި ލީކްސްކޮޅު އަޅާށެވެ. ދެން މި ދެބާވާތް އެއްކޮށް ތެއްލަލާށެވެ. އެއަށްފަހު ތަވައިން ލޮނުމެދާއި ލީކްސް ނަގާށެވެ. ދެން މުގުރާފަހުރި މިރުސް (ޗިލީ ފްލެކްސް) އެއް ސަމުސާ އަޅާށެވެ. 2 މިނެޓް ތަވާގައި މިރުސްތައް ތެއްލާލުމަށްފަހު ތެޔޮގަނޑުން މިރުސްތައް ފުރާނާލާށެވެ.

އެއަށްފަހު ސޯސް ތައްޔާރު ކުރާށެވެ. ސޯސް ތައްޔާރުކުރާނީ އެއް މޭޒުމތީސަމުސާ ސޯޔާ ސޯސް، އެއް މޭޒުމަތީ ސަމުސަ ފެން، އެއް މޭޒުމަތީ ސަމުސާ ވިނިގާ، ½ މޭޒުމަތީ ސަމުސާ ޕްޓޭޓޯ ފްލާ، ބައި ސަމުސާ ހަކުރު އަޅައިގެންނެވެ.

އެއަށްފަހު ގްރީން ޕެޕާ އަދި ރެޑް ޕެޕާ ހިމަ ދިގުކޮށް ކޮށާލާށެވެ. ދެން ގްރީން އޮނިޔަން އާއި އާދައިގެ ފިޔާ ކުދިކޮށް ކޮށާލާށެވެ. އެއަށްފަހު ފަސް ހިކިމިރުސްވެސް އަޅާ އެއްފަރާތެއްގައި ބަހައްޓާށެވެ. ދެން ކުރިން ޗިލީފްލެކްސް ފުރޭނި ތެޔޮ ފޮދު ތަވަޔަކަށް އަޅައި ކޮށި ހުރިހާ ތަރުކާރީއާއި ހިކިމިރުސް އެއަށް އަޅައި ތެއްލާލާށެވެ. އެއަށްފަހު ތައްޔާރުކުރި ސޯސްވެސް ތަރުކާރީކޮޅާ އެއްކޮށްލާށެވެ. އެއަށްފަހު ތެއްލި ކުކުޅުތައް އަޅާ އެއްކޮށްލާށެވެ. ދެން އުނދުންމަތިން ބާލާށެވެ.