މޯލްޑިވިސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ 89.3 ޕަސެންޓު މުވައްޒަފުން ކޮވިޑް-19 ވެކްސިން ފުރިހަމަކޮށްފިއެވެ.

މޯލްޑިވްސް ހެލްތު ޕްރޮޓެކްޝަން ސާވިސް (އެޗްޕީއޭ)އާ ގުޅިގެން އެމްއޭސީއެލްގެ އެއާޕޯޓް އެމާޖެންސީ ސާވިސެސްއިން ކޮވިޑް ވެކްސިން ޕްރޮގްރާމެއް ފެށީ މިދިޔަ މާޗް މަހުގެ 29ގައިއެވެ.

އެ ޕްރޮގްރާމްގެ މަގުސަދަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ހުރިހާ މުވައްޒަފުންނަށް ވެކްސިން ޖެހުމެވެ. އެއީ އެމްއޭސީއެލް އާއި އެއާލައިންތަކުގެ މުވައްޒަފުންނާއި ކޮންޓްރެކްޓަރުން ހިމެނޭ ގޮތަށެވެ.

އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް އެމްއޭސީއެލްގެ 99.9 ޕަސެންޓު މުވައްޒަފުން ވެކްސިން ޖަހާފައިވާ އިރު 89.3 ޕަސެންޓު މުވައްޒަފުން ވަނީ ވެކްސިންގެ ދެ ޑޯޒް ޖަހާފައެވެ.