އައްޑޫ ސިޓީން އިތުރު 21 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް އަައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވެއްޖެއެވެ.

އޭއީއެޗުން ވިދާޅުވީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން ހިތަދޫން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 8 އެވެ. މަރަދޫއިން ޕޮޒިޓިވްވެފައިވަނީ 9 މީހެކެވެ. ފޭދޫ އިން ޕޮޒިޓިވްވެފައިވަނީ 3 މީހެކެވެ، މީދޫއިން ވަނީ އެކަކު ޕޮޒިޓިވް ވެފައި ކަމަށް ވެސް ހޮސްޕިޓަލުން ވިދާޅުވިއެވެ.

ހިތަދޫގައި މިހާރު ތިބި އެކްޓިވް ކޭޭސްގެ އަދަދަކީ 105 އެވެ. މަރަދޫގައި އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 134 މީހުންނެވެ. މަރަދޫ ފޭދޫގައި ތިބީ 10 މީހުންނެވެ. ފޭދޫގައި ތިބީ 28 މީހުންނެވެ. ހުޅުދޫގައި 10 މީހުންނެވެ. މީދޫގައި ތިބީ 33 މީހުންނެވެ. މި އަވަށްތައް ފިޔަވައި އެހެން އަވަށެއްގައި ނުވަތަ ރަށެއްގައި އެކްޓިވް ކޭހެއް ނެތް ކަމަށް ވެސް ހޮސްޕިޓަލުން ވިދާޅުވިއެވެ.

އައްޑޫސިޓީގައި އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު ތިބީ ޖުމްލަ 320 މީހުންނެވެ. އައްޑޫއިން މިބަލި ޖެހުނު މީހުންގެ ޖުމްލައަކީ 1128 އެވެ. އޭގެތެރެއިން 805 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. 3 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ. ބަލިން ފަސޭހަވެގެން މިއަދު ދޫކޮށްފައިވަނީ 16 މީހެކެވެ.