އައްޑޫ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވި މީހުންގެ ޖުމްލަ އަދަދު 1134 އަށް އަރައިފިއެވެ. އޭގެތެރެއިން 823 މީހުން ވަަނީ ބަލިީން ފަސޭހަވެފައެވެ.

އެކްޓިިވް ކޭސްގެ ގޮތުގައި އައްޑޫގައި މިހާރުތިބީ 308 މީހުން ކަމަށް އައްޑޫ އެކުއެޓޯރިއަަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވިއެވެ. އައްޑޫ ސިޓީގެ އެންމެފަހުގެ ހިސާބުތަކަށް ބަލާއިރު ހުކުރު ދުވަހު ހަވީރު 6:00 އިން ފެށިގެން ހޮނިހިރު ދުވަހުގެ ހަވީރު 6:00 އާ ހަމައަށް ވަނީ އިތުރު 6 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެތެރޭގައި ހިމެނެނީ 5 ދިވެހީންނާއި ބިދޭސީ އެކެވެ.

އަލަށް ޕޮޒިޓިވްވި 6 މީހުންގެ ތެރޭގައި ހިމެނެނީ ހިތަދޫން ޕޮޒިޓިވްވި 2 މީހަކާއި މަރަދޫން ޕޮޒިޓިވްވި މީހަކާއި ފޭދޫއިން ޕޮޒިޓިވްވި 3 މީހެކެވެ.

އައްޑޫގައި މިހާރުތިބި އެކްޓިވް ކޭސްތަކުގެ ތެރެއިން 99 މީހުން ތިބީ ހިތަދޫގައެވެ. 124 މީހުން ތިބީ މަރަދޫގައެވެ. މަރަދޫފޭދޫގައި ތިބީ 11 މީހުންނެވެ. ފޭދޫގައި 31 މީހުންނެވެ. ހުޅުދޫގައި 10 މީހުންނެެވެ. މީދޫގައި 33 މީހެކެވެ.

މިބަލީގައި މިހާތަނަށް އައްޑޫއިން ވަނީ 3 މީހުން ނިޔާވެފައެވެ.