މޫސުން ގޯސްވެ ކަނޑުމަތީގެ ނުރައްކާތެރި ޙާދިސާތަކެއް ހިނގައިފިއެވެ.

އެގޮތެއް އެއް ބޯޓު 09:52 ހާއިރު ފޭދޫފިނޮޅު ފަރުމައްޗަށް އަރާފައިވާއިރު އޭގައި ތިބީ އިިންޑޮނޭޝިއާއަށް ނިސްބަތްވާ 9 ފަޅުވެރިންކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އަނެއް ބޯޓު އަރާފައިވަނީ ވިލިނގިލީ ފަރުމައްޗަށް ކަމަށާއި، އެބޯޓަކީ ތެޔޮ އުފުލާ ބޯޓެއް ކަމަށް އެމްއެންޑީއެފުން މައުލުމާތުދެއެވެ. އަދި އެ ބޯޓުގައި ލަންކާގެ ރައްޔިތަކާއި ބަންގްލަދޭޝްގެ ދެ މީހުން ތިބި ކަމަށް އެމްއެމްޑީއެފުން ބުނެފައިވެއެވެ. މި ބޯޑު މިހާރު ފުން ކޮށްފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ މި ދެ ބޯޓުވެސް ފަރަށް އަރާފައިވަނީ މޫސުން ގޯސްވެ ނަގިލި ކަނޑައިގެން ގޮސްގެން ކަމަށެވެ.