އައްޑޫ ސިޓީން އިތުރު 18 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް އަައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވެއްޖެއެވެ.

މިއަދު ޕޮޒިޓިވްވި 18 މީހުންގެ ތެރޭގައި ހިމެނެނީ 17 ދިވެހީންނާއި ބިދޭސީއެކެވެ. މި މީހުންގެ ތެރެއިން ހިތަދޫއިން ޕޮޒިޓިވް ވެފައިވަނީ 6 މީހެކެވެ. އެއީ ޑައިރެކްޓް ކޮންޓެކްޓުންނެވެ. މަރަދޫއިން ޕޮޒިޓިވްވެފައިވަނީ 7 މީހެކެވެ. އެއީ ފުލޫކުލިނިކަށް ދެއްކި މީހަކާއި ޑައިރެކްޓް ކޮންޓެކްޓުވި 6 މީހެކެވެ. ފޭދޫއިން ޕޮޒިޓިވްވީ 5 މީހެކެވެ. އެއީ ރެންޑަމް ސާމްޕަލަކުން ޕޮޒިޓިވްވި މީހަކާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ތިބި 4 މީހެވެ.

ހިތަދޫގައި މިހާރު ތިބި އެކްޓިވް ކޭޭސްގެ އަދަދަކީ 79 އެވެ. މަރަދޫގައި އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 133 މީހުންނެވެ. މަރަދޫ ފޭދޫގައި ތިބީ 6 މީހުންނެވެ. ފޭދޫގައި ތިބީ 30 މީހުންނެވެ. ހުޅުދޫގައި 11 މީހުންނެވެ. މީދޫގައި ތިބީ 23 މީހުންނެވެ. މި އަވަށްތައް ފިޔަވައި އެހެން އަވަށެއްގައި ނުވަތަ ރަށެއްގައި އެކްޓިވް ކޭހެއް ނެތް ކަމަށް ވެސް ހޮސްޕިޓަލުން ވިދާޅުވިއެވެ.

އައްޑޫސިޓީގައި އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު ތިބީ ޖުމްލަ 283 މީހުންނެވެ. އައްޑޫއިން މިބަލި ޖެހުނު މީހުންގެ ޖުމްލައަކީ 1210 އެވެ. އޭގެތެރެއިން 925 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. 3 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ. ބަލިން ފަސޭހަވެގެން މިއަދު ދޫކޮށްފައިވަނީ 29 މީހެކެވެ.