ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ގދ. ތިނަދޫން މަރުވެއްޖެއެވެ.

ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މިއަދު ބުނީ އެރަށު ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ 89 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހަވީރު 4:52 ގައި މަރުވެފައިވާ ކަމަށެވެ.

މިއީ ތިނަދޫން ކޮވިޑް ބަލީގައި މަރުވި ހަތަރު ވަނަ މީހާއެވެ. މީގެގެ ކުރިން ކޮވިޑް ބަލީގައި ތިނަދޫން މަރުވީ އުމުރުން 90 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 79 އަހަރުގެ ފިރިހެނެކެވެ. އެންމެ ފަހުން އެރަށުން ކޮވިޑް ބަލީގައި މީހަކު މަރުވެފައިވަނީ މިދިޔަ މަހުގެ 28ގައެވެ.