ކޮވިޑް-19 ގައި 87 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި މިއަދު މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާދެމުންދިޔަ އުމުރުން 87 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ ހދ. ނޮޅިވަރަމުން އިތުރު ފަރުވާއަށް ގެނައި މީހެކެވެ.

މިއީ ކޮވިޑްގައި ރާއްޖެއިން މަރުވި 229 ވަނަ ފަރާތެވެ.

އިއްޔެ ވެސް ކޮވިޑުގައި މީހަކު މަރުވިއެވެ. އެއީ ގދ. ތިނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ 89 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ ތިނަދޫން ކޮވިޑް ބަލީގައި މަރުވި ހަތަރުވަނަ މީހާއެވެ.