މާލެއިން 29 މީހުންނާއެކު 82 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

މިއަދު ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި ދެން ހިމެނެނީ އަތޮޅުތަކުން 47 މީހުންނާއި ރިސޯޓުތަކުން ހަ މީހުން ނެވެ.

ފާއިތުވި 24 ގަޑި އިރު، 4،698 ސާމްޕަލް ނަގާފައިވާ އިރު، 1،663 މީހުންނަށް އަންނަނީ ކޮވިޑަށް ފަރުވާދެމުން ނެވެ. އަދި 21 މީހުންނަށް ފަރުވޭދެނީ އެޑްމިޓް ކޮށްގެން ނެވެ.

މިއަދުގެ އަދަދުތަކާއެކު ރާއްޖެއިން 83،576 މީހުންނަށް ކޯވިޑު ޖެހިފައިވާ އިރު، 81،671 މީހުން ވަނީ ކޮވިޑު ބައްޔަށް ބޭސްކޮށް ރަނގަޅުވެފަ އެވެ.

ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ 229 އަށް އަރާފަ އެވެ.