އިންޑިއާއާއި ނޭޕާލުން މިއަދު އަސްކަރީ ތަމްރީނުތައް ފަށައިފިއެވެ. މިއީ ދެ ގައުމުގެ ސިފައިން ބާއްވާ 48 ވަނަ އަސްކަރީ ތަމްރީންތަކެވެ.

އުއްތުރާކާންދްގައި ބާއްވާ މި ތަމްރީންތަކަކީ، އުސް ފަރުބަދަ މަތީގައި ސިފައިން ހަރަކާތްތެރި ވުމާއި ބެހޭ ގޮތުންނާއި ހަނގުރާމަވެރިންނާ ދެކޮޅަށް ދެ ގައުމުގެ ސިފައިން ހޯދާފައިވާ ތަޖުރިބާތައް ހިއްސާ ކުރުމަށް ބާއްވާ ތަމްރީން ތަކެކެވެ. ދެ ގައުމުންވެސް އެއް އަދަދަކަށް ސިފައިންގެ ފައުޖުތައް މިތަމްރީންގައި ބައިވެރިވާނެއެވެ.

މީގެ އިތުރުން ޖަންގަލީގެ ހަނގުރާމައިގެ އުކުޅުތަކާއި ކާރިސާގެ ހާލަތުގައި އަމަލު ކުރުމާ ބެހޭ ގޮތުން ދެ ގައުމުގެ ސިފައިންނަށް ލިބިފައިވާ ތަޖުރިބާތައް ހިއްސާ ކުރުން އޮންނާނެއެވެ.

އަދި އެއް ބަޔަކު އަނެއް ބަޔަކު ބޭނުން ކުރާ ހަތިޔާރަށް ހޭނުމާއި، ހަނގުރާމައިގެ އުކުޅުތަކާއި ޓެކްނިކްތަކާއި އޮޕަރޭޓިންގ ޕްރޮސެޖާތައްވެސް ހިއްސާކުރުން އޮންނާނެއެވެ. މިއީ ތިން ދުވަހުގެ ތަމްރީންތަކެކެވެ.

ސޫރިޔާ ކިރަންގެ ނަމުން އިންޑިއާއާއި ނޭޕާލުން ބާއްވާ ތަމްރީންތަކުގެ އެންމެ ފަހު ބުރު ބާއްވާފައި ވަނީ 2019ގައި ނޭޕާލްގައެވެ.