ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންފިއެވެ.

ނިއުޔޯކްގެ ޖޯން އެފް ކެނެޑީ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގަތުމުން ރައީސަށް މަރުޙަބާ ދެންނެވީ އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ޝާހިދާއި، އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި، އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޛާ ޙުސައިންއެވެ.

އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި މިހާތަނަށް ދިވެހި ބަހުން ތަގުރީރު ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެވެ. އެއީ 2006 ވަނަ އަހަރު އެވެ.

އާންމު މަޖިލީހުގެ ޖަލްސާގެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ގޮތުން ނަމަ ރައީސް ސޯލިހް ތަގުރީރު ކުރައްވާނީ އަންނަ އަންގާރަ ދުވަހު ތިންވަނަ އަށެވެ. ރައީސް ސޯލިހުގެ ކުރިއަށް ތަގުރީރު ކުރައްވާނީ ބްރެޒިލް އަދި އެމެރިކާގެ އިސްވެރިންނެވެ.