އައްޑޫ ސިޓީގައި ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު 205 އަށް އަރައިފިއެވެ. އެއީ ހިތަދޫގައި ތިބި 46 މީހަކާއި މަރަދޫގައި ތިބި 97 މީހަކާއި މަރަދޫފޭދޫގައި ތިބި 5 މީހަކާއި ފޭދޫގައި ތިބި 49 މީހަކާއި ހުޅުދޫގައި ތިބި ދެ މީހަކާއި މީދޫގައި ތިބި ފަސް މީހަކާއި ގަމުގައި ހުރި މީހެކެވެ.

ފާއިތުވި 24 ގަޑިއިރުތެރޭގައި އައްޑޫ ސިޓީން ވަނީ 23 މީހުން އަލަށް ޕޮޒިޓިވް ވެފައިވައެވެ. އެއީ 17 ދިވެއްސަކާއި 6 ބިދޭސީންނެވެ. މީގެ ތެރެއިން 2 މީހުންނަކީ ހިތަދުއަށް ނިސްބަތްވާ މީހުންނެވެ. މަރަދޫން ފެނިފައިވަނީ 4 މީހެކެވެ. ފޭދޫއިން ވަނީ 17 މީހުން ފެނިފައެވެ. އެއީ ރެންޑަމް ސާމްޕަލްތަކުން ޕޮޒިޓިވްވި 14 މީހަކާއި ފުލޫ ކުލިނިކަށް ދެއްކި މީހަކާއި ސަވައިލަންސް ސާމްޕަލަކާއި ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ހުރި މީހެއް ކަމަށް އޭއީއެޗުން ވިދާޅުވިއެވެ.

އައްޑޫ ސިޓީން 1270 މީހަކަށް މިހާތަނަށް ވަނީ މިބަލި ޖެހިފައެވެ. އޭގެ ތެރެއިން 1062 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. މިބަލީގައި އައްޑޫއިން ވަނީ މިހާތަނަށް 3 މީހަކު މަރުވެފައެވެ.

ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި އައްޑޫގައި މިހާރު ތިބީ 459 މީހުންނެވެ. މި ބަލިން ފަސޭހަވެގެން މިއަދު ވަނީ 22 މީހަކު ދޫކޮށްލައިފައެވެ.