ޔޫކުރެއިންގެ އެންމެ މަޝްހޫރު މަޖައްލާ ތަކުގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ. މި ޓީމު ރާއްޖެ އައީ ރާއްޖޭގެ ފަތުރުވެރިކަމަށް ޔޫކުރެއިން މީހުން އަހުލުވެރިކުރުމަށްޓަކައި ކަމަށް ޓްރެވަލް ޓްރޭޑް މާލްޑިވްސް އިން ބުނެފައިވެއެވެ.

ރާއްޖެ މިއައި ޔޫކުރެއިންގެ މީޑިއާ ޓީމުގައި ހިމެނެނީ "ހެޕާސްބާޒާރު" "ޔޫކުރެއިން ވެޑިން މެގެޒިން" " ޔޫކުރެއިން މެރީ ކުލެއާ" "ޓޯޓަލް އެސްކޭޕް ޔޫކުރެއިން" އެވެ. މި ޓީމުގައި މަޖައްލާތަކުގެ އެޑިޓަރުންނާއި ޗީފު އެޑިޓަރުން ހިމެނެއެވެ.

މި ޓީމު ސެޕްޓެންބަރު 19 އިން 25 އަށް ރާއްޖޭގައި ތިބުމަށް ހަމަޖެހިފައި ވެއެވެ.

މި މީޑިއާ ޓީމުގެ މެންބަރުން ތަމްސީލުކުރާ މަޖައްލާތަކީ ދުވާލަކު އެއްފަހަރު، ހަފުތާޔަކު އެއްފަހަރު، މަހަކު އެއްފަހަރު އަދި މަހަކު ދެފަހަރު ނުކުންނަ މަޖައްލާ ތަކުގެ އިތުރަށް ޚާއްޞަ ނަންބަރުތައްވެސް ހިމެނެވެ.

މި އީ ޔޫކުރެއިންގެ ރައްޔިތުންގެ ތެރޭގައި ވަރަށް މަގުބޫލު މަޖައްލާތަކެކެވެ. މި ޓީމުން ރާއްޖޭގެ ދެ ފަރާތެއް އިޝްތިހާރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ޓީޓީއެމް ގައި ވެއެވެ. އެއީ ކަނޑިންމަ މޯލްޑިވްސް އާއި "ލަކްސް" އަރިއަތޮޅު ދެކުނު ބުރިއެވެ.

މި ޓީމުން ރާއްޖޭގެ މޫދުގެ ދިރުންތަށް ބަލައި، ކަނޑު ފަޅުތަކުގައި ފީނާ، ފަތައި، ރާއްޖޭގެ ކަނޑުގެ ދިރުމާއި މި މާހައުލުގެ އިތުރަށް މި ގައުމުން ލިބޭ މެހުމާންދާރީވެސް ތަޖުރިބާކޮށް ހިއްސާ ކުރާނެއެވެ.

ވިޒިޓް މޯލްޑިވްސް އިން އިންތިޒާމު ކުރި މިދަތުރުގެ ބޭނުމަކީ ޔޫކުރެއިންގެ ފަތުރުވެރިންނަށް މިހާރަށްވުރެ ބޮޑަށް ރާއްޖެ އިޝްތިހާރުކޮށް ރާއްޖެއަކީ ދުނިޔޭގައިވާ ޗުއްޓީ ހޭދަކޮށްލުމަށް އެންމެ ރައްކާތެރި އެއް މަންޒިލެއްކަން އަންގައި ދިނުމެވެ.

ޔޫކުރެއިން އަކީ ރާއްޖެއަށް ފަސްވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ. ބޯޑަރު ހުޅުވިފަހުން މިއަހުރުގެ މިހާތަނަށް ޔޫކުރެއިން އިން 732896 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

މީ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި ނިސްބަތަށް ބަލާއިރު 3.7 އިން ސައްތައެވެ.

ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ ދިވެހިރާއްޖެއަކީ ދުނިޔޭގެ ހުރިހާ ކަންކޮޅަކުން، އަބަދުވެސް ފަތުރުވެރިން ޒިޔާރަތް ކުރުމަށް އިޚުތިޔާރުކުރާ ގައުމަކަށް ހެދުމެވެ.