ފާއިތުވި 24 ގަޑިިއިރުތެރޭގައި އައްޑޫ ސިޓީން އިތުރު 42 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާ (އޭއީއެޗު) އިން ވިދާޅުވީ އަލަށް ޕޮޒިޓިވް ވެފައިވަނީ 22 ދިވެހީންނާއި 20 ބިދޭސީން ކަމަށެވެ.

މީގެ ތެރެއިން ހިތަދޫން ޕޮޒިޓިވް ވެފައިވަނީ 8 މީހެކެވެ. އެއީ ފުލޫ ކުލިނިކަށް ދެއްކި ދެ މީހަކާއި ޑައިރެކްޓް ކޮންޓެކްޓުވި 6 މީހެކެވެ. މަރަދޫއިން ޕޮޒިޓިވްވެފައިވަނީ ދެ މީހެކެވެ. އެއީ ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ހުރި މީހަކާއި ފުލޫކުލިނިކަށް ދެއްކި މީހެކެވެ. އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ ފޭދޫއިންނެވެ. އެއީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ތިބި 21 މީހަކާއި، ފަސް ސަވައިލަންސް ސާމްޕަލާއި، 4 ރެންޑަމް ސާމްޕަލާއި، ފުލޫ ކުލިނިކަށް ދެއްކި 2 މީހެއް ކަމަށް އޭއީއެޗުން ވިދާޅުވިއެވެ.

އައްޑޫގައި އެކްޓީވް ކޭސްގެ މިހާރުގެ އަދަދަކީ 249 އެވެ. އެއީ ހިތަދޫގައި 56 މީހަކާއި މަރަދޫގައި 93 މީހަކާއި، މަރަދޫފޭދޫގައި 5 މީހަކާއި، ފޭދޫގައި 89 މީހަކާއި، ހުޅުދޫގައި ދެ މީހަކާއި، މީދޫގައި ތިން މީހަކާއި ގަމުގައި އެކެކެވެ. އައްޑޫއިން ކޮވިޑަށް މިހާތަނަށް ފައްސިވެފައިވަނީ ޖުމްލަ 1336 މީހުންނެވެ. އޭގެތެރެއިން 1084 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. ފާއިތުވު 24 ގަޑިއިރުތެރޭ ބަލިން ފަސޭހަވެގެން ދޫކޮށްލާފައިވަނީ 16 މީހެކެވެ.