ފާއިތުވި 24 ގަޑިއިރުތެރޭގައި އައްޑޫ ސިޓީން އިތުރު 12 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާ (އޭއީއެޗު) އިން ވިދާޅުވީ އަލަށް ޕޮޒިޓިވްވި 12 މީހުންނަކީ ވެސް ދިވެހީން ކަމަށެވެ.

މީގެ ތެރެއިން ހިތަދޫން ޕޮޒިޓިވް ވެފައިވަނީ 3 މީހެކެވެ. މަރަދޫއިން ޕޮޒިޓިވްވެފައިވަނީ ދެ މީހެކެވެ. ފޭދޫއިން ޕޮޒިޓިވްވެފައިވަނީ 6 މީހެކެވެ.

އައްޑޫގައި އެކްޓީވް ކޭސްގެ މިހާރުގެ އަދަދަކީ 229 އެވެ. އެއީ ހިތަދޫގައި 48 މީހަކާއި މަރަދޫގައި 83 މީހަކާއި، މަރަދޫފޭދޫގައި 4 މީހަކާއި، ފޭދޫގައި 91 މީހަކާއި، ހުޅުދޫގައި މީހަކާއި މީދޫގައި މީހަކާއި ގަމުގައި މީހެކެވެ.

އައްޑޫއިން ކޮވިޑަށް މިހާތަނަށް ފައްސިވެފައިވަނީ ޖުމްލަ 1348 މީހުންނެވެ. އޭގެތެރެއިން 1116 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. ފާއިތުވު 24 ގަޑިއިރުތެރޭ ބަލިން ފަސޭހަވެގެން ދޫކޮށްލާފައިވަނީ 32 މީހެކެވެ.