ކޮވިޑް-19 ޖެހިގެން 45 އަހަރުގެ ދިވެއްސަކު މަރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން 45 އަހަރުގެ އަންހެނަކު މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގައިއެވެ. އެ މީހާ މަރުވީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެހެންކަމުން މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 230 އަށް އަރާފައިއެވެ.