ހައިކޯޓުގެ ފަނޑިޔާރު ފާތިމަތު ފަރްހީޒާއާއި ބެހޭގޮތުން ތަހުގީގުކުރި ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)އިން ބުނެފައިވަނީ މި އަހަރުގެ ޖަނަވަރީ 10 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަހުގީގު ކުރުމަށް ނޯޓިސްދީފައިވާ ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް (މިހާރު ހައިކޯޓުގެ ފަނޑިޔާރު) ފަރްހީޒާގެ ސުލޫކީ މައްސަލަ، ތަހުގީގުކުރެވި އެމައްސަލަ ސާބިތުނުވާކަމަށް މިމަމަހުގެ 19 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ މިއަހަރުގެ 71 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ފަނޑިޔާރު ފަރްހީޒާއާ ގުޅޭ ގޮތުން ތަހުގީގު ކޮށްފައިވަނީ ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ބޭއްވި ޝަރީއަތުގެ މަޖިލީހެއް ނިމުނީ ކަމަށް އިއުލާން ކުރެއްވުމަށްފަހު މައްސަލާގައި ހިމެނޭ ހަސްމަކާ ވަކިން ބައްދަލުކުރެއްވި ކަމަށް ބުނާ މައްސަލައެކެވެ.