ކުރީގެ ލަވަކިޔުންތެރިޔާ އަދި ކޯޗު، ޝަހުބާން މުހައްމަދު ނިޔާވެއްޖެ އެވެ.

އުމުރުން 53 އަހަރުގައި ޝަހުބާން ނިޔާވީ ކުއްލިގޮތަކަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ މަޣްރިބް ނަމާދަށް ވުޟޫކުރަން ވަން ފަހުން އޭނާގެ ޚަބަރެއް ނުވެގެން، އެމްއެންޑީއެފްގެ އެހީގައި ބެލި އިރު އޮތީ ނިޔާވެފަ އެވެ.

ސްކޫލް ކުދިންގެ ލަވަ މުބާރާތުން ވިދާލި، ޝަހްބާންގެ އަޑުން ކިޔާފައިވާ ލަވަތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ލަވައަކީ، “ރީތި ނަލަ ނަލަ ހަނދޭ ކުރި އަލީގައި” މި ލަވައެވެ.

ލަވަކިޔުމާ، ފަހުން ދުރުގައި ހުރިނަމަވެސް އޭނާ މަސައްކަތް ކުރަމުން ގޮސްފައިވަނީ ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ މިއުޒިކް ގްރޫޕްގެ ޓެކްނިކަލް މީހެއްގެ ގޮތުގަޔާއި ކޯޗެއްގެ ގޮތުގައެވެ.

ޝަހްބާންގެ ޖަނާޒާ އޮންނާނީ 27 ސެޕްޓެމްބަރ 2021 ދުވަހުގެ މެންދުރު ނަމާދަށްފަހު މާލޭ އާ ޝަހަރާ މިސްކިތު ގައެވެ.