ފެނަކައިގެ ސީއެސްއާރްގެ ދަށުން ރ. ވާދޫ ސްކޫލުގައި އިމާރާތްކުރާ ނަމާދު ކޮޓަރީގެ މަސައްކަތް ނިމުމާ ގާތަށް ގޮސްފިއެވެ.

ފެނަކައިން ބުނީ އެ ނަމާދު ކޮޓަރީގެ މައިގަނޑު ސްޓްރަކްޗާގެ މަސައްކަތް މިހާރު ހުރީ ނިމިފައި ކަމަށާއި މިހާރު ކުރިއަށް ދަނީ ފިނިޝިންގ މަސައްކަތްތައް ކަމަށެވެ.

މި އަހަރުގެ ޖުލައި މަހު ފެށި އެ ޕްރޮޖެކްޓުގެ މަސައްކަތްތައް އަންނަ މަހުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށް ފެނަކައިން ލަފާކުރެއެވެ.

ވާދޫ ސްކޫލުގައި ނަމާދު ކޮޓަރިއެއް އިމާރާތް ކުރުމަކީ އެ ސްކޫލުގެ ދަރިވަރުންނާއި، ބެލެނިވެރިންގެވެސް ވަރަށް ބޮޑު އުންމީދެކެވެ.

ފެނަކައިން ބުނީ، އެފަދަ ސީއެސްއާރް ޕްރޮޖެކްޓުތަކުގެ ޒަރީއާއިން މުޖުތަމައުއަށް ހިދުމަތް ކޮށްދިނުމަކީ ފެނަކައަށް ލިބޭ އުފަލެއް ކަމަށެވެ.