އަހަރެމެންގެ ތެރެއިން ގިނަމީހުންފަދައިން މައިކަލް ޓެލީވެސް ގެއަށް ކުލިދައްކައިގެން އުޅެއުޅެ ވަރުބަލިވެއްޖެއެވެ. މިކަމަށް ހައްލު ހޯދުމަށް ވިސްނާ އޭނާ ނިންމި ގޮތް ވަރަށް ތަފާތެވެ. އެހެންނަމަވެސް ގެއަށް ކުލިދެއްކުމަށް ހައްލެއް ލިބުނެވެ.

މިގޮތުން ޓެލީ އެންމެ ފުރަތަމަ ކަޑަ އަގެއްގައި ސުކޫލު ބަހެއް ގަތެވެ. އޭނާ ބުނިގޮތުގައި ދިރިއުޅޭ ގެއަކަށް ބަހެއް، ހެދުމަށް ނިންމީ އޭގައި ހަތަރު ބިތާއި ފުރާޅެއްވެސް ހުރީމައެވެ. އެއީ އޭގައި ދިރިއުޅުމަށްޓަކައި މާގިނަ މަސައްކަތްތަކެއް ކުރަން ނުޖެހޭނެތީއެވެ. ނަމަވެސް މަސައްކަތް ފެށުމުން އެއީ އެހާ ފަސޭހަކަމެއް ނޫންކަން އެނގުނެވެ. ސަބަބަކީ ޓެލީއަކީ އެފަދަ މަސައްކަތް ދަންނަ މީހަކަށް ނުވުމެވެ. ނަމަވެސް އޭނާއަކީ ގްރެފިކް ޑިޒައިނަރަކަށްވުމުން ޑިޒައިންތައް ހަދާލުމަށް މާ ބޮޑުކަމަކަށް ނުވިއެވެ.

ޓެލީ ނިންމީ ބަހުގައި ނިދާނެ ކޮޓަރިއަކާއި ސިޓިންގް ރޫމަކާއި ބަދިގެއެއް ހެދުމަށެވެ. މިކަން ކުރުމަށްޓަކައި އޭނާ ވަރަށް ގިނަ ފިލްމުތައްބަލާ ގިނަ ޚިޔާލުތައް ހޯދިއެވެ.

އޭނާ އަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ބަހުގެ ފުރާޅަށްވުރެ އޭނާގެ އިސްކޮޅު ފަސް އިންޗި ދިގުވުމެވެ. އެހެންކަމުން ޔޫޓިބުގެ އެހީތެރިކަމާއެކު އޭނަ އެ މަސައްކަތް ކުރާނެގޮތް ދަސްކުރިއެވެ. އެއަށްފަހު ފުރާޅު އުސްކޮށް ސްޓީލު ބޭނުންކޮށްގެން ކުޑަ ދޮރުތައް ހެދިއެވެ. އެއަށްފަހު އެތެރޭގެ މަސައްކަތް ނިންމަންފެށިއެވެ. ނަމަވެސް މިހިސާބުން ޓެލީއަށް އެންމެ ބޮޑު މައްސަލައާއި ކުރިމަތިވިއެވެ. އެއީ ދުވާލު އިރު އެރުމުން ބަހުގެ އެތެރެ ހޫނުވުމެވެ. ނަމަވެސް މިކަމަށްވެސް އޭނާ ހައްލެއް ހޯދިއެވެ. އެއީ ބަހުގައި އިންސްލޭޝަން ހަރުކޮށްގެނެވެ. އަދި ބަހުގެ އެތެރެ ލަކުޑިން ފަރުމާކުރުމެވެ.

ދެން ދިމާވި އަނެއް ގޮންޖެހުމަކީ މި ގެއަށް ބޭނުންވާނެ ހަކަތަ ހޯދުމެވެ. މިކަން ހައްލުކުރީ ސޯލާ ޕެނަލް ހަރުކޮށްގެނެވެ.

ބަހުގައި ކުޑަ ފާޚާނާއެއް ވެސް ޓެލީ ހެދިއެވެ. އެހެނަސް އޭނާ ގިނައިން ބޭނުންކުރަނީ މަސައްކަތް ކުރަންދާ ތަންތަނުގެ ފާޚާނާއެވެ.

ޓެލީ އޭނާގެ ބަސް ގެއަކަށް ބަދަލުކުރުމަށް ތިންމަސްދު ވަސް ހޭދަކުރިއެވެ. މިހާރު ޓެލީ ގެއަށް ކުލި ދައްކާކަށް ނުޖެއެވެ. އަދި ދާ ކޮންމެތަނަކަށް އޭނާގެ ގެ ގެންދެވެއެވެ. އެހެންކަމުން އޭނާ މިހާރު މަހެއްގެ މައްޗަށް ގޭ ކުއްޔަށާއި ކަރަންޓުބިލު ފަދަ ކަންކަމަށް ކުރި ޚަރަދު ސަލާމަތްވީއެވެ.