ފާއިތުވި 24 ގަޑިއިރުތެރޭގައި އައްޑޫ ސިޓީން އިތުރު 15 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާ (އޭއީއެޗު) އިން ވިދާޅުވީ އަލަށް ޕޮޒިޓިވްވި 15 މީހުންގެ ތެރޭގައި ހިމެނެނީ 13 ދިވެހީންނާއި 2 ބިދޭސީން ކަމަށެވެ.

މީގެ ތެރެއިން ހިތަދޫން ޕޮޒިޓިވް ވެފައިވަނީ 7 މީހެކެވެ. މަރަދޫއިން ޕޮޒިޓިވްވެފައިވަނީ އެކެކެވެ. މަރަދޫފޭދޫއިން ވެސް ޕޮޒިޓިވްވެފައިވަނީ އެކެވެ. ފޭދޫއިން ޕޮޒިޓިވްވެފައިވަނީ 6 މީހެކެވެ.

އައްޑޫގައި އެކްޓީވް ކޭސްގެ މިހާރުގެ އަދަދަކީ 209 އެވެ. އެއީ ހިތަދޫގައި 61 މީހަކާއި މަރަދޫގައި 22 މީހަކާއި، މަރަދޫފޭދޫގައި 7 މީހަކާއި، ފޭދޫގައި 118 މީހަކާއި، ގަމުގައި އެކެކެވެ.

އައްޑޫއިން ކޮވިޑަށް މިހާތަނަށް ފައްސިވެފައިވަނީ ޖުމްލަ 1427 މީހެކެވެ. އޭގެތެރެއިން 1215 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. ފާއިތުވު 24 ގަޑިއިރުތެރޭ ބަލިން ފަސޭހަވެގެން ދޫކޮށްލާފައިވަނީ 21 މީހެކެވެ.