ދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަޙްމަދު އާމިރުގެ ސުލޫކީ މައްސަލައެއް ތަޙްޤީޤު ކުރަން ޖުޑީޝަން ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ފަށައިފިއެވެ.

ޖޭއެސްސީން ބުނީ ތަހުގީގު ކުރުމަށް ނިންމާފައިވަނީ އިސްމެޖިސްޓްރޭޓް އާމިރު ދައުލަތުގެ އިދާރާއަކަށް ހަޤީޤަތާ ޚިލާފު މަޢުލޫމާތު ދީފައިވާކަމަށް ބުނާ މައްސަލައެއް ކަމަށެވެ.

އެގޮތުން އެ މައްސަލަ ތަހުގީގު ކުރުމަށް ކޮމިޝަނުގެ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އިން ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ. އަދި މި މައްސަލަ ތަހުގީގު ކުރުމަށް ތަހުގީގު ކޮމިޓީއެއް މިއަދު ބޭއްވި ކޮމިޝަނުގެ ޖަލްސާގައި އެކުލަވާލާފައިވާ ކަމަށްވެސް ޖޭއެސްސީން މައުލޫމާތުދެ އެވެ.