"ސިމާ އޮގަނިކް ހެއަރ އޮއިލް" އަކީ، ބޮލުން ހަންފޮޅުމާއި ބޮލުގެ އިސްތަށި ކުރަކިވުމާއި އިސްތަށީގެ ކޮޅު ދެކަފިވުމާއި ބޮލުން އިސްތަށި ފޭބުން ފަދަ ބޮލުގެ އިސްތަށިގަނޑަށް ދިމާވާ އެކިއެކި ކަންކަމަށް ރަނގަޅު ފަރުވާއެކެވެ.

ސަތޭކަ ޕަސެންޓް ގުދުރަތީ މާއްދާތަކުން މުއްސަނދިވެފައިވާ މި ތެލަކީ ބޮލުގެ އިސްތަށީގެ ބުޑުގެ ލޭ ދައުރުވުން އިތުރުކޮށްދީ، ބޮލުގެ ހަމަށާއި ނާށިގަނޑަށާއި އިސްތަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތައް ފޯރުކޮށްދޭނެ ތެލެކެވެ. އެހެންކަމުން، މި ތެލަކީ ހަމައެކަނި އިސްތަށިގަނޑު ވަރުގަދަކޮށްދިނުމަށް އެހީތެރިވެދޭ ތެލެއް ނޫނެވެ. މިއީ، އިތުރު ގެއްލުންތަކެއް ނުލިބި އިސްތަށިގަނޑު ހެދިބޮޑުވުމަށް ވެސް އެހީތެރިވެދޭ އެއްޗެކެވެ.

ބޭނުންކުރާނޭ ގޮތް:

އަތްތިލައަށް ދެތިން ތިކި ތެޔޮ ޖަހައިލުމަށް ފަހު ބޮލުގެ ނާށިގަނޑާއި އިސްތަށީގެ ބުޑުގައި އުނގުޅައި މަޑުމަޑުން މަސާޖުކުރަމުން އިސްތަށީގެ ކޮޅަށް ގެންދާށެވެ. މުޅި ބޮލުގައި ފަސޭހައިން ތެޔޮ ހާކައިލުމަށް ޓަކައި ފުނައެއް ބޭނުންކުރާށެވެ. އެއަށް ފަހު، ތުވާއްޔެއް ފެނުގައި ކައްކައި، ނަގައި ރީއްޗަށް ފެލައިލުމަށް ފަހު ބޮލުގައި އޮޅާލައި މިނެޓެއްހައި އިރު ބަހައްޓާށެވެ. ދެން ޝޭމްޕޫ ލައިގެން ބޯ ދޮވެ ކޮންޑިޝަނަރ ލާށެވެ.

މި ތެލުގެ ފައިދާ އެންމެ ރަނގަޅަށް ލިބިގަތުމަށް ޓަކައި އެންމެ މަދުވެގެން ހަފުތާއަކު ދެ ފަހަރު ބޭނުންކުރާށެވެ. ރީތި އިސްތަށިގަނޑަކަށްޓަކައި މިތެލުގެ އަޖުމަ ބަލާލުން ވަރަށް ރަނގަޅުވާނެއެވެ.

ލިބޭނީ ކޮންތާކުން؟

މިއީ ދިވެހީން ކިޔާ ގޮތުން ނަމަ ހަކީމީ ތެލެކެވެ. މިތެޔޮ ލިބޭނީ ހަލި ޕްރައިވެޓް ލިމިޓެޑުންނެވެ. މިއާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 7779609 އަށް ގުޅުއްވާށެވެ. އީމެއިލް ކުރައްވާނަމަ [email protected] އަށް ކުރައްވާށެވެ.