ބޭނުންވާ ތަކެތި

500 ގުރާމު ބޯންލެސް ޗިކަން

¾ ޖޯޑު ޕްލޭން ޔޯގަރްޓް/ މަޔޯނައިސް

1 ޖޯޑު ޗީޒް ( ގާނާފައި )

½ މޭޒުމަތީ ސަމުސާ މުގުރި އަސޭމިރުސް

½ މޭޒުމަތީ ސަމުސާ ލޮނު

4 ލޮނުމެދު ( ޗިސްކޮށްފައި )

½ ސަމުސާ ފާރޮށި ކުނޑި

ތައްޔާރުކުރާނެ ގޮތް

ކުކުޅު ކޮށާލުމަށްފަހު ސާފުކޮށްލާށެވެ. އެއަށްފަހު ތައްޓަކަށް އަޅާށެވެ. ދެން ޔޯގަޓާއި ޗީޒް ލޮނު އަސޭމިރުސް މުގުރިމިރުސް ލޮނުމެދު އަދި މުގުރި މިރުސް އެއްކޮށްލާށެވެ. އެއަށްފަހު އެއްކުރި އެއްޗިހި ކުކުޅުޅުގައި ުނގުޅާށެވެ. އެއަށްފަހު މައްޗަށް ފާރޮށި ކުޑި އަޅާށެވެ. ދެން ކުޅު ފިހާނެ ޓްރޭއެއްގައި އަތުރާށެވެ. އެއަށްފަހު އަވަން 375 ޑިގްރީގައި ބަހައްޓާ ހޫނުކޮށްލާށެވެ. އެއަށްފަހު ކުކުޅުތައް ފިހުމަށް އަވަނަށްލާށެވެ. ބައިގަޑިއިރުތެރޭ ފިހެވޭނެއެވެ.

މިއީ ބަތާއެކު އާއި ޕާސްތާ އާއެކުވެސް ކާން ވަރަށް މީރު ކުކުޅެކެވެ. އަދި ތައްޔާރުކުރަން ފަސޭހަވެސް މެއެވެ.