ސާފް ޗެމްޕިއަންޝިޕްގައި މިރޭ ނޭޕާލް އާއި ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމުގެ ޖޯޒީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހަދިޔާކުރައްވައިފިއެވެ.
މި ޖޯޒީ ރައީސް ސޯލިހާއި ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. ބައްސާމް ވަނީ މި މުބާރާތުގައި ރާއްޖެއިން ބޭނުން ކުރުމަށް ހަމަޖެހިފައިވާ ދެ ޖޯޒީއެއް ރައީސަށް ހަދިޔާކުރައްވާފައެވެ.
ސާފް ޗެމްޕިއަންޝިޕް ހުޅުވާ ރަސްމިއްޔާތު މިރޭ ބާއްވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ސްރީ ލަންކާ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗް ބަންގްލަދޭޝްއިން ވަނީ ކާމިޔާބު ކޮށްފައެވެ.