އައްޑޫ ސިޓީން އިތުރު 20 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އައްޑު ހޮސްޕިޓަލުން ބުނީ އިއްޔެ ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 14 ކޭސްގެ ތެރެއިން 8 ކޭސް ފެނިފައިވަނީ ފޭދޫން ކަމަށާއި އަދި ހިތަދޫ އާއި މަރަދޫ ފޭދޫން ހަތަރު ކޭސް، މަރަދޫ އާއި މީދޫ އިން ދެ ކޭސް ފެނިފައިވާ ކަމަށެވެ.

މީގެތެރޭގައި ހިމެނެނީ 12 ޑައިރެކްޓް ކޮންޓެކްޓުންނާއި، ތިން ފްލޫ ސާމްޕަލްގެ އިތުރުން ދެ ޓްރެވެލް ސާމްޕަލް އާއި ތިން ރެންޑަމް ސާމްޕަލް އެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ ފޭދޫގައެވެ. އެގޮތުން ފޭދޫގައި ކޮވިޑްގެ 126 ކޭސް އުޅޭއިރު، މަރަދޫގައި 22 ކޭސް، ހިތަދޫގައި 76 ކޭސް، މަރަދޫފޭދޫގައި 18 ކޭސް އަދި މީދޫގައި ދެ ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 244 އަށް އަރާފައެވެ.