މިރޭ އިސްލާމީ މަރުކަޒުގައި މަޣްރިބް ނަމާދުގެ ކުރިއަށް ދަނިކޮށް މީހަކު އެތަނަށް ވަދެ ކުޑަކަމު ގޮސްފިއެވެ.
ފުލުހުން ބުނީ މީހަކު ނަމާދަށް ތިއްބާ މީހަކު މިސްކިތުގެ ތެރެއަށް ވަދެ ކުޑަކަމުގޮސްފައިވާކަމުގެ މައްސަލައެއް ފުލުހުންނަށް މިރޭ ހުށަހަޅައިފައިވާކަމަށެވެ.
އަދި އެ މީހާ މިއަދު ރައީސް އޮފީހުގެ ކުރިމައްޗަށާއި ހުކުރު މިސްކިތުގެ ތެރެއަށް ވެސް ކުޑަކަމުގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ. އެ މީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ.