ރެސްޓޯރެންޓެއްގެ ކައުންޓަރު މަތީގައި އޮތް ފޯނެއް ވަގަށްނެގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

ވީޑިއޯ އާންމުކުރަމުން ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ މީހާއަކީ 2021 ސެޕްޓެމްބަރ 26 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގައި ހުންނަ ރެސްޓޯރެންޓެއްގެ ކައުންޓަރު މަތީގައި އޮތް މޯބައިލް ފޯނެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މައްސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ މީހެއް ކަމަށެވެ.

ފުލުހުން ބުނީ އެމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި އެ މައްސަލައިގެ އިންސިޑެންޓް ނަންބަރު 499492ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށެވެ.