ފެނަކަ މުވައްޒަފުން ވެސް ތިބީ ދިވެހި ގައުމީ ފުޓްބޯޅަ ޓީމާއެކުގައިކަން ހާމަކޮށްދީފި އެވެ.

އެގޮތުން އެ ކުންފުނީގެ އެންމެން މިއަދު އޮފީހަށް ދިޔައީ ރަތް ކުލައިގެން ހެދުން ލައިގެން ނެެވެ.

ފެނައިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ “ތިންވަނަ ފަހަރު – މީ އެފަހަރު” މިފަހަރުވެސް ފެނަކައިގެ އެންމެހައި މުއައްޒަފުން ޤައުމީ ރޫހާއި، ޤައުމީ ޖޯޝާއި، ޤައުމީ ފޯރީގައި މިތިބީ ދިވެހި ގައުމީ ފުޓުބޯޅަ ޓީމާއި އެކު.” ގައި ކަމަށެވެ.

މިހާރު މާލޭގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ދިވެހި ގައުމީ ފުޓްބޯޅަ ޓީމަށް ތަރުހީބު ދިނުމުގެ ގޮތުން އެކި ފަރާތްތަކުން އަންނަނީ ތަފާތުކަންކަން ކުރަމުން ނެވެ.

އޭގެތެރޭގައި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި އަމިއްލަ ފަރުދުން ވެސް އަންނަނީ ގައުމީ ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ކަންކަން ރާވާ ހިންގަމުން ނެވެ.

މި މުބާރާތުގައި ރާއްޖޭގެ ޓީމު ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފަ އެވެ. އަދި ދެވަނަ މެޗު މާދަމާ ރޭ 9 ޖަހާ އިރު ކުޅޭނެ އެވެ. މި މެޗުގައި ބައްދަލުކުރާނީ ރާއްޖެއަށް ފުޓްބޯޅަ ތަޢާރަފް ކުރުމުގައި އަދި މިހާތަނަށް ދިވެހި ފުޓްބޯޅައިގެ އެންމެ ވާދަވެރި ގައުމު ކަމަށްވާ އަވަށްޓެރި ސްރީލަންކާ އާ އެވެ.