އައްޑޫ ސިޓީން ކޮވިޑްޖެހުނު މީހުންގެ ތެރެއިން އިތުރު 23 މީހަކު ބަލިން ފަސޭހަވެގެން މިއަދު ދޫކޮށްލައިފިއެވެ. މި 23 މީހުން މިއަދު ދޫކޮށްލުމުން އެސިޓީގެ އެކްޓިވް ކޭސްގެ މިހާރުގެ އަދަދަކީ 227 އެވެ. އެއީ ހިތަދޫގައި ތިބި 84 މީހަކާއި މަރަދޫގައި ތިބި 26 މީހަކާއި މަރަދޫފޭދޫގައި ތިބި 23 މީހަކާއި ފޭދޫގައި ތިބި 92 މީހަކާއި މީދޫގައި ތިބި 2 މީހެކެވެ.

އައްޑޫއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދަކީ 1576 އެވެ. އޭގެތެރެއިން ބަލިން ފަސޭހަވިވެފައިވާ މީހުންގެ ޖުމްލައަކީ 1346 އެވެ.

ފާއިތުވި 24 ގަޑިއިރުތެރޭގައި 23 މީހަކު ބަލިން ފަސޭހަވެފައި ވިޔަސް އެ މުއްދަތުގައިވަނީ ހަމަ އެއަދަދަށް މީހުން ޕޮޒިޓިވް ވެފައެވެ. އެއީ 22 ދިވެއްސަކާއި ބިދޭސީއެވެ. އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހިތަދޫ އިން ޕޮޒިޓިވް ވެފައިވަނީ 7 މީހެކެވެ. އެއީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ތިބި ބައެކެވެ. މަރަދޫން ވަނީ 3 މީހަކި ޕޮޒިޓިވް ވެފައެވެ. އެއީ ވެސް ޑައިރެކްޓު ކޮންޓެކްޓުންނެވެ. މަރަދޫފޭދޫ އިން ޕޮޒިޓިވް ވެފައިވަނީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ތިބި 2 މީހެކެވެ. ފޭދޫ އިން ޕޮޒިޓިވް ވެފައިވަނީ 11 މީހެކެވެ. އެއީވެސް ޑައިރެކްޓް ކޮންޓެކްޓުން ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވިއެވެ. ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި އެ ސިޓީގައި މިހާރު ތިބި މީހުންގެ ޖުމްލައަކީ 424 އެވެ.