އައްޑޫ ސިޓީން އިތުރު 14 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވީ އެ އެންމެންނަކީ ވެސް ދިވެހީން ކަމަށެވެ.

އެ މީހުންގެ ތެރޭގައި ހިމެނެނީ ހިތަދޫއިން ޕޮޒިޓިވް ވި 7 މީހަކާއި ފޭދޫއިން ޕޮޒިޓިވްވި 7 މީހަކު ކަމަށެވެ. ހިތަދޫން ޕޮޒިޓިވްވެފައިވަނީ ފުލޫ ކުލިނިކަށް ދެއްކި 4 މީހަކާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ތިބި 3 މީހެކެވެ. ފޭދޫއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ފުލޫ ކުލިނިކަށް ދެއްކި މީހަކާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައިތިބި 6 މީހެކެވެ.

އެސިޓީގެ އެކްޓިވް ކޭސްގެ މިހާރުގެ ޖުމްލަ އަދަދަކީ 241 އެވެ. އެއީ ހިތަދޫގައި ތިބި 91 މީހަކާއި މަރަދޫގައި ތިބި 26 މީހަކާއި މަރަދޫފޭދޫގައި ތިބި 23 މީހަކާއި ފޭދޫގައި ތިބި 99 މީހަކާއި މީދޫގައި ތިބި 2 މީހެކެވެ.

އައްޑޫއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދަކީ 1590 އެވެ. އޭގެތެރެއިން ބަލިން ފަސޭހަވިވެފައިވާ މީހުންގެ ޖުމްލައަކީ 1346 އެވެ.