އަތޮޅުތަކަށް ބޭނުންވާ 20 އެމްބިއުލާންސް ރާއްޖެ ގެނެސްފި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ އަތޮޅުތަކަށް ގެންނަ އެމްބިއުލާންސްތަކުގެ ތެރެއިން 20 އެމްބިއުލާންސް މިހާރުވަނީ ރާއްޖެ ގެނެސްފައި ކަމަށާއި އިތުރު 20 އެމްބިއުލާންސް މަހެއްހާ ދުވަހުގެ ތެރޭގައި އަންނާނެ ކަމަށެވެ.
އިތުރު 20 އެމްބިއުލާންސާއެކު ޖުމްލަ 60 އެމްބިއުލާންސް ރާއްޖެ ގެންނަ އިރު، ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރުމަކީ މި ސަރުކާރުގެ ސިއްހީ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޖަޕާނުގެ އެހީގައި ރާއްޖެއަށް 21 އެމްބިއުލާންސް ވަނީ ހަދިޔާކޮށްފަ އެވެ.