ބޭނުންވާ ތަކެތި (މެރިނޭޓް ކުރުމަށް)

500 ގުރާމު ބޯންލެސް ޗިކަން ( ކޮށާފައި )

1 ބިސް

2 މޭޒުމަތީ ސަމުސާ އިނގުރުލޮނުމެދު ޕޭސްޓު

1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

1 މޭޒުމަތީ ސަމުސާ މުގުރި މިރުސް

1 މޭޒުމަތީސަމުސާ އޮރިގާނޯ

ރަހަލާވަރަށް ލޮނު

3 މޭޒުމަތީ ސަމުސާ ގޮދަން ފުށް

¼ ޖޯޑު ކޯންފުލާ

ސޯސް ތައްޔާރު ކުރުމަށް

2 ސަމުސާ މަޔޯނައިސް

¼ ޖޯޑު ޓޮމާޓޯ ކެޗަޕް / ޓޮމާޓޯ ޕޭސްޓް

1 މޭޒުމަތީ ސަމުސާ ޗިލީ ސޯސް

¼ މޭޒުމަތީ ސަމުސާ މުގުރި މިރުސް

¼ މޭޒުމަތީ ސަމުސާ މުގުރި އަސޭމިރުސް

ކުޑަ ލޮނުކޮޅެއް (ރަހަލާވަރަށް)

ތެޔޮ (ތެއްލުމަށް)

އައިސްބާގު ލެޓިޔުސް ލީވް (ފިނިކޮށްފައި)

ތައްޔާރުކުރާނެ ގޮތް

ކުކުޅުތައް ކޮށާލުމަށްފަހު ދޮވެލާފައި ބޯތައްޓަކަށް އަޅާށެވެ. އެއަށްފަހު ކުކުޅުބިހާއި އިނގުރު ލޮނުމެދު ޕޭސްޓު، މުގުރިމިރުސް، ސޯޔާ ސޯސް، އޮރިގާނޯ އަދި ލޮނު އަޅައިގެން ކުކުޅުތަކާއެކު ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު މަތިޖަހާފައި 15 ވަރަކަށް މިނެޓު ބަހައްޓާށެވެ.

ދެން ބޯތައްޓަކަށް 2 ސަމުސާ މަޔޯނައިސް ޓޮމާޓޯ ކެޗަޕް ނޫނީ ޓޮމާޓޯ ސޯސް، ރެޑް ޗިލީ ސޯސް، މުގުރި މިރުސް، މުގުރި އަސޭމިރުސް ކުޑަ ލޮނުކޮޅެއް އަޅައި އެއްކޮށްލާށެވެ.

ދެން މެރިނޭޓް ކުރި ކުކުޅަށް ގޮދަން ފުށާއި ކޯންފުލާ އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ތާހަކަށް ތެޔޮ އަޅައިގެން ކުކުޅުތައް ތެއްލާށެވެ. ދެން ތައްޔާރުކުރި ސޯސް އާއި ތެއްލި ކުކުޅުތައް އެއްކޮށްލާށެވެ. އެއަށްފަހު އައިސް ބާގު ލެޓިޔުސް ލީވް އަށް އަޅާށެވެ. ޑެކަރޭޓް ކުރަން ބޭނުންނަމަ މައްޗަށް ސްޕްރިން އޯނިޔަން ކޮޅެއް އަޅާށެވެ.