ރާއްޖޭގައި ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެއެވެ.

އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ، މިއަދު ހެނދުނު 7:50 ހާއިރު މަރުވެފައި ވަނީ އުމުރުން 97 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެ މީހާއަކީ ކޮވިޑު ބަލީގައި ހާލު ބޮޑުވެގެން މިދިޔަ މަހުގެ 26 ވަނަ ދުވަހު ފުވައްމުލައް ސިޓީން އައްޑު ސިޓީއަށް ގެންގޮސް، ކޮވިޑް މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހެއް ކަމަށްވެސް ބުންޏެވެ.

މިއީ އައްޑޫ ސިޓީގައި އެ ބަލިޖެހިން މަރުވި ހަތަރު ވަނަ މީހާއެވެ.