ފާއިތުވި 24 ގަޑިތެރޭގައި އައްޑޫ ސިޓީން އިތުރު 22 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ ބިސީއަކާއި 21 ދިވެހީން ކަމަށެވެ.
އެ މީހުންގެ ތެރޭގައި ހިމެނެނީ ހިތަދޫއިން ޕޮޒިޓިވްވި 11 މީހަކާއި މަރަދޫ ފޭދޫއިން ޕޮޒިޓިވްވި 9 މީހަކާއި ފޭދޫއިން ޕޮޒިޓިވްވި 2 މީހެކެވެ. ހިތަދޫން ޕޮޒިޓިވްވެފައިވަނީ ފުލޫ ކުލިނިކަށް ދެއްކި 2 މީހަކާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ތިބި 9 މީހެކެވެ. މަރަދޫފޭދޫއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 5 ޑައިރެކްޓް ކޮންޓެކްޓުންނާއި 4 ރެންޑަމް ސާމްޕަލެވެ. ފޭދޫއިން ޕޮޒިޓިވްވި 2 މީހުންނަކީ ވެސް ޑައިރެކްޓް ކޮންޓެކްޓުންނެވެ.
މި އަދަދާއެކު އެސިޓީގެ އެކްޓިވް ކޭސްގެ މިހާރުގެ ޖުމްލައަކީ 239 މީހުންނެވެ. އެއީ ހިތަދޫގައި ތިބި 90 މީހަކާއި މަރަދޫގައި ތިބި 25 މީހަކާއި މަރަދޫފޭދޫގައި ތިބި 31 މީހަކާއި ފޭދޫގައި ތިބި 91 މީހަކާއި މީދޫގައި ތިބި 2 މީހެކެވެ.
އައްޑޫއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދަކީ 1612 އެވެ. އޭގެތެރެއިން ބަލިން ފަސޭހަވިވެފައިވާ މީހުންގެ ޖުމްލައަކީ 1370 އެވެ.
ފާއިތުވި 24 ގަޑިއިރުތެރޭގައި ބަލިން ފަސޭހަވެ ދޫކޮށްލާފައިވާ މީހުންގެ އަދަދަކީ 25 އެވެ.