ކޮވިޑުގައި އިތުރު މީހަކު މަރުވެެއްޖެއެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ކޮވިޑު ޖެހިގެން ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 73 އަހަރުގެ އަންހެނެކެވެ. އެމީހާ މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އެއާއެކު މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 234 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑު ބަލީގައި މިއަދު މީހަކު މަރުވި އިރު، އިއްޔެ އައްޑޫ ސިޓީގައި ހުންނަ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 97 އަހަރުގެ މީހަކުވެސް ވަނީ މަރުވެފައެވެ.