ކޮވިޑަށް ޕޮޒިޓިވްވި އިތުރު މީހަކު މަރުވެއްޖެއެވެ.

މިއީ މި ބަލީގައި ރާއްޖެއިން މަރުވި 38 ވަނަ މީހާއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ، ކޮވިޑްގައި ރޭ 7:30 އެހާކަންހާއިރު ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ 60 އަހަރުގެ ދިވެހި ފިރިހެނެއް އެ ރޭ 9:45ގައި މަރުވެފައިވާ ކަމަށެވެ.

މަރުވި މީހާއަކީ ކަނޑިންމަ ރިސޯޓުން ބަލިވެގެން ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހެއް ކަމަށާއި، އޭނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ސާމްޕަލް މާލެ ގެނެސް ޓެސްޓު ކުރުމުން ކަމަށް އެޗްއީއޯސީން ބުންޏެވެ.

މިހާތަނަށް މި ބަލީގައި ރާއްޖޭގައި މަރުވެފަައިވާ މީހުންގެ ތެރޭގައި ހިމެނެނީ، 32 ދިވެހިންނާއި ހަ ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސް މީހެކެވެ.