ފާއިތުވި 24 ގަޑިތެރޭގައި އައްޑޫ ސިޓީން އިތުރު 19 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 17 ދިވެހީންނާއި 2 ބިދޭސީން ކަމަށް އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވިއެވެ.

މި މީހުންގެ ތެރޭގައި ހިމެނެނީ ހިތަދޫ ފުލޫކުލިނިކަށް ދެއްކި 13 މީހަކާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ތިބި ދެ މީހަކާއި ދަތުރު ކޮށްފައި އައި ދެމީހެކެވެ. އޭގެ އިތުރުން މަރަދޫ ފުލޫކުލިނިކަށް ދެއްކި މީހަކާއި މަރަދޫފޭދޫގައި ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ހުރި މީހަކު ހިމެނެއެވެ.

މި އަދަދާއެކު އެސިޓީގެ އެކްޓިވް ކޭސްގެ މިހާރުގެ ޖުމްލައަކީ 221މީހުންނެވެ. އެއީ ހިތަދޫގައި ތިބި 104 މީހަކާއި މަރަދޫގައި ތިބި 24 މީހަކާއި މަރަދޫފޭދޫގައި ތިބި 27 މީހަކާއި ފޭދޫގައި ތިބި 64 މީހަކާއި މީދޫގައި ތިބި 2 މީހެކެވެ.

އައްޑޫއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދަކީ 1660 އެވެ. އޭގެތެރެއިން ބަލިން ފަސޭހަވިވެފައިވާ މީހުންގެ ޖުމްލައަކީ 1436 އެވެ. މި ބަލީގައި އައްޑޫއިން ވަނީ 3 މީހަކު ނިޔާވެފައެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނީ އެންމެ މީހަކަށެވެ.