ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ލ.ގަން ރީޖަނަލް ހޮސްޕިޓަލްގެ ބޯޑް މިއަދު އެކުލަވައިލައްވައިފިއެވެ.

މި ބޯޑަކީ ލ.ގަން ރީޖަނަލް ހޮސްޕިޓަލުގެ ހިންގުމުގެ ކަންކަން ލާމަރުކަޒީ އުސޫލުން ބެލެހެއްޓެވުމަށްޓަކައި އުފައްދަވާފައިވާ ބޯޑެކެވެ. މި ބޯޑު އެކުލަވައިލައްވާފައި ވަނީ ފަސް ބޭފުޅުންގެ މައްޗަށެވެ. އެ ބޭފުޅުންނަކީ:

1. އިބްރާހީމް ޝަރީފް، މުކުރިމަގު، ސޯސަންވިލާ، ލ.ގަން (ސަރަޙައްދުގެ މާލީ ދާއިރާގެ މެންބަރެއް)

2. ޑޮކްޓަރ މުޙައްމަދު އިސްމާޢީލް، ދަފްތަރު. ނަންބަރު ރސ 9558 (ހޮސްޕިޓަލްގައި މަސައްކަތް ނުކުރާ ހެލްތް ނުވަތަ މެޑިކަލް ދާއިރާގެ ތަޖްރިބާކާރެއް)

3. މުޙައްމަދު ޙަމީދު، އަޅިވިލާގެ، ލ. ފޮނަދޫ ( ޢާންމުންގެ ތެރެއިން ޢައްޔަންކުރެވޭ މެންބަރެއް )

4. އިސްމާޢީލް ޢަލީ، ތުނޑި، ބިނާ، ލ. ގަން ( ސިޓީ ކައުންސިލްގެ މެންބަރެއް)

5. މުޙައްމަދު ޝިޔާމް، ތުނޑި، ފިތުރޯނުމާގެ، ލ. ގަން ( ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެހުރި އިސްވެރިޔާ)

މި ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ރައީސް ސޯލިހު ޢައްޔަންކުރައްވާފައި ވަނީ އިބްރާހީމް ޝަރީފެވެ.