ރ.ކިނަޅޮސް ބަނދަރަށް އުޅަނދު ފަހަރަށް ވަދެ ނުކުމެވޭ ގޮތް ހަދައިފިއެވެ.

ކިނޮޅަސް ނެރުމައްޗަށް ފަސް އަރައި، ބަނދަރުން އުޅަނދު ފަހަރަށް ނުކުތުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާތީ، ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ.

އެމްޓީސީސީން މިއަދުު ބުނީ ކިނަޅޮސް ބަނދަރަށް އުޅަނދު ފަހަރަށް ވަދެ ނުކުމެވޭ ވަރަށް ނެރު ފުންކުރުމުގެ މަސައްކަތް މިހާރު ކުރެވިފައިވާ ކަމަށާއި އަދިވެސް މަސައްކަތް ކުރިއަށްދާ ކަމަށެވެ.