ފާއިތުވި 24 ގަޑިތެރޭގައި އައްޑޫ ސިޓީން އިތުރި 26 މީހަކު ކޮވިޑް-19 އިން ފަސޭހަ ވެހެން ދޫކޮށްލައިފި ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވެއްޖެއެވެ.
ފާއިތުވި 24 ގަޑިތެރޭގައި އެ އަދަދަށް މީހުން ކޮވިޑް ބަލިން ފަސޭހަވެ ހިތަށް ކުޑަ ހަމަޖެހުމެއް ވަނީ ލިބިފައެވެ. އެެހެެން ނަމަވެެސް އެ މުއްދަތުގައި އިތުރު 20 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓީވް ވެފައެވެ. ޕޮޒިޓިވް ވެފައިވަނީ ބިދޭސީއަކާއި 19 ދިވެހީންނެވެ.
މި މީހުންގެ ތެރޭގައި ހިމެނެނީ ހިތަދޫން ޕޮޒިޓިވްވި 16 މީހަކާއި ފޭދޫންް ޕޮޒިޓިވްވި 4 މީހެކެވެ.
އަލަށް ޕޮޒިޓިވްވި 20 މީހުންނާއެކު އައްޑޫސިޓީގެ އެކްޓިވް ކޭސްގެ މިހާރުގެ ޖުމްލައަކީ 216 މީހުންނެވެ. އެއީ ހިތަދޫގައި ތިބި 112 މީހަކާއި މަރަދޫގައި ތިބި 16 މީހަކާއި މަރަދޫފޭދޫގައި ތިބި 26 މީހަކާއި ފޭދޫގައި ތިބި 60 މީހަކާއި މީދޫގައި ތިބި 2 މީހެކެވެ.
އައްޑޫއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދަކީ 1680 އެވެ. އޭގެތެރެއިން ބަލިން ފަސޭހަވިވެފައިވާ މީހުންގެ ޖުމްލައަކީ 1461 އެވެ. މި ބަލީގައި އައްޑޫއިން ވަނީ 3 މީހަކު ނިޔާވެފައެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނީ 2 މީހަކަށެވެ.
ފާއިތުވި 24 ގަޑިއިރުތެރޭގައި މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 110 މީހެކެވެ. އޭގެތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 26 މީހެކެވވެ.