އިންޑިއާއާއި ޗައިނާގެ ސަރަހައްދީ މައްސަލަ އުޅޭ ހިސާބުގައި ޗައިނާއިން ޓޭންކް ބޭނުން ކޮށްގެން އަސްކަރީ ތަމްރީންތައް ބާއްވައިފިއެވެ. މިތަމްރީންތައް ޗައިނާއިން ބާއްވާފައި ވަނީ ދެ ގައުމުގެ ސިފައިންގެ ދެމެދުގެ 13ވަނަ ކޮމާންޑަރުންގެ ބައްދަލުވުމާ ދިމާކޮށެވެ. އިންޑިއާއިން ވަނީ ޗައިނާއާއެކު އޮތް ބައްދަލުވުން މި ކަމާ ހެދި ކެންސަލް ކޮށްފައެވެ.

އިންޑިއާގެ ކަރާކުރަމް ފަރުބަދަމަތީ ހިސާބުގައި 16ހާސް ފޫޓް ދުރުގައި އިންޑިއާއާއި ޗައިނާގެ ސިފައިން އަދިވެސް ތިބީ ތައްޔާރީ ހާލަތުގައެވެ. ޗައިނާ ޓީވީން ބުނިގޮތުގައި ޗައިނާ ސިފައިންގެ ޝިންޖިއާން ސަރަހައްދުގެ ފައުޖުން ވަނީ ޓޭންކްތއް ބޭނުންކޮށްގެން ތަމްރީންތައް ބާއްވާފައެވެ.

މީގެ އިތުރުން ޗައިނާ ސިފައިން ވަނީ ސިޗުއާންގެ ގަނޑުފެން ފަރުބަދަ ސަރަހައްދުވެސް ދިރޭ ވަޒަނާއި އަތު ބިމް ބޭނުންކޮށްގެން އަސްކަރީ ތަމްރީންތައް ބާއްވާފައެވެ.

އިންޑިއާއިން ބުނާ ގޮތުގައި ޗައިނާއިން އަބަދުވެސް ދަނީ ސަރަހައްދުގައި ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރަމުންނެވެ.