ޗައިނާގައި އަމިއްލަ ފަރާތްތަކުން ޚަބަރާއި މަޢުލޫމާތު ބްރޯޑްކާސްޓް ކުރުމާއި ހިނގަމުންދާ ކަންކަން ވަގުތުން ގެނަށް ދިނުން މަނާކުރުމަށް ނިންމައިފިއެވެ. ޗައިނާގެ ނޭޝަނަލް ޑިވެލޮޕްމެންޓް އެންޑް ރިފޯމް ކޮމިޝަން އިން ވަނީ އަމިއްލަ ކުންފުނިތަކުން އިންވެސްޓް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ބަޔާން ކުރާ ލިސްޓެއް އެކުލަވާލައި އާންމުންގެ ޚިޔާލު ހޯދުމަށް ހުށަހަޅާފައެވެ.
އާންމުންގެ ޚިޔާލަށް ހުށަހަޅާފައި ވަނީ އަމިއްލަ ކުންފުނިތަކަށް މީޑިއާގެ ވަސީލަތަކާއި ނޫސް މަޖައްލާތައް ނުހިންގޭ ގޮތަށެވެ. އަދި ނޫސްވެރިކަމާ ބެހޭ ސަމިޓްތަކާއި އެވަރޑް ސެރެމަނީއާއި ޚިޔާލު ހޯދުމުގެ މަސައްކަތުގައިވެސް އަމިއްލަ ކުންފުނިތަކަށް ނުއުޅެވޭ ނެއެވެ.
ބެލެވޭ ގޮތުގައި ކޮމިއުނިސްޓް ޕާޓީން ބޭނުން ވަނީ މީހުންގެ ޚިޔާލު ބައްޓަން ކުރުމަށް ހަމައެކަނި ޗައިނާގެ ސަރުކާރުގެ ވަސީލަތްތަކަށް މީހުން އިތުރުބާރު ކޮށް ބަލައި ގަންނާށެވެ.
ޗައިނާގެ މީސްމީޑިއާ ވައިބޯގައި މިކަންކަމާ ބެދު ބަހުސްކުރި މީހުން ބުނެފައި ވަނީ ޗައިނާއިން އެނބުރި ކަލްޗަރަލް ރެވަލޫޝަންއާ ދިމާއަށް ދަނީ ކަމަށެވެ. ވޮޝިންޓަން ޓައިމްސްއިން ސިފަ ކުރިގޮތުގައި ރައީސް ޝީ މަސައްކަތް ކުރައްވަނީ ޗައިނާގެ ކޮމިއުނިސްޓް ލީޑަރ މާއޯ މަސައްކަތް ކުރެއްވި ގޮތަށް ޗައިނާ މީހުންގެ ސިކުނޑި ކޮންޓްރޯލް ކުރާށެވެ.