ފާއިތުވި 24 ގަޑިއިރު ތެރޭގައި އައްޑޫ ސިޓީން އިތުރު 28 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އަލަށް ޕޮޒިޓިވްވެފައިވަނީ 26 ދިވެއްސަކާއި 2 ބިދޭސީއެެކެވެ.

މިއަދަދާ އެކު އައްޑޫ ސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 1708 އަށް އަރައިފައެވެ. އޭގެތެރެއިން 1471 މީހަކު ވަނީ ﷲ ގެ ރަހުމަތާއެކު ބަލީން ފަސޭހަވެފައެވެ. މި ބަލީގައި އައްޑޫ ސިޓީން މިހާތަނަށް ވަނީ 4 މީހަކު ނިޔާވެފައެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ ހިތަދޫއިންނެވެ. އެއީ 22 މީހެކެވެ. މަރަދޫފޭދޫއިން 4 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެއިތުރުން ފޭދޫ އަދި ހުޅުދޫ މިއިން ކޮންމެ ރަށަކުން ވަނީ އެކަކު ޕޮޒިޓިވް ވެފައެވެ.

އައްޑޫސިޓީގެ އެކްޓިވް ކޭސްގެ މިހާރުގެ ޖުމްލައަކީ 234 މީހުންނެވެ. އެއީ ހިތަދޫގައި ތިބި 131 މީހަކާއި މަރަދޫގައި ތިބި 16 މީހަކާއި މަރަދޫފޭދޫގައި ތިބި 29 މީހަކާއި ފޭދޫގައި ތިބި 55 މީހަކާއި މީދޫގައި ތިބި 2 މީހަކާއި ހުޅުދޫގައި އެެކެކެވެ.

ފާއިތުވި 24 ގަޑިއިރުތެރޭގައި ކޮވިޑް 19 އިން ފަސޭހަވެެގެން 10 މީހަކު ވަނީ ދޫކޮށްލައިފައެވެ.