އެފްރިކާއާއި އަފްޣާނިސްތާންގައި ޓެރަރިޒަމްގެ އަމަލުތައް އިތުރުވަމުންދާ ކަމަށް އިންޑިއާއިން އދގެ ސަލާމަތީ މަޖިލީހގައި ބުނެފިއެވެ. ސުލްޙަ ދެމެހެއްޓުމާ ބެހޭ ގޮތުން ސަލާމަތީ މަޖިލީހުން އިންތިޒާމް ކުރި ބައްދަލުވުމުގައި ވާހަކަ ދައްކަމުން އިންޑިއާއިން ބުނެފައި ވަނީ ހައްދުފަހަނަޅާފައިވާ ހަރުކަށި އަމަލުތައް އެފްރިކާގައި އިތުރު ވަމުންދާ ކަމަށެވެ. އދގެ މެމްބަރު ގައުމުތަކުން މިފަދަ ކަންކަމަށް ހިތްވަރުދޭ ކަމަށާއި މިކަމުގެ ސަބަބުން މުޖުތަމައުތައް ބައިބައިވެ، ބިކަވާ ކަމަށެވެ.

އަފްޣާނިސްތާންގެ ހާލަތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އިންޑިއާއިން ބުނެފައި ވަނީ އަފްޣާނިސްތާންގައި ވެރިކަން ބަދަލުވީ ހަމައެއްގެ ތެރެއިން ނޫންކަމަށާއި ވެރިކަން ބަދަލުވިއިރު، އައު ނިޒާމުގައި މުޖުތަމައުގެ ހުރިހައި ފަރާތްތައް ޝާމިލްވާ ގޮތަށް ނިޒާމުޖ އެކުލެވިފައި ނުވާކަމަށެވެ.

އިންޑިއާއިން ގޮވާލާފައި ވަނީ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ 2593 އަފްޣާނިސްތާނުން ތަންފީޒު ކުރާށެވެ. އަފްޣާނިސްތާންގެ ފަސްގަނޑު އެހެން ގައުމުތަކާ ދެކޮޅަށް ބޭނުން ކުރުން މަނާ ކުރުމަށް މި ގަރާރުގައި ބާރު އަޅާފައި ވެއެވެ.