ކޯވިޑް1ި9އަށް ދޭން އެމެރިކާގެ މާރެކް ކުންފުނިން އުފައްދާފައިވާ ގުޅަ ބޭހަށް ހުއްދަ ހޯދުމަށް ހުށަހަޅައިފިއެވެ. މާރެކް އިން ބުނާ ގޮތުން އެކުންފުނިން އުފައްދާފައިވާ މޮލްނަޕިރަވިރ ގުޅަ ބޭހަކީ ކޯވިޑްގެ އާދައިގެ ހާލަތެއްގައި ދިނުމަށް އުފައްދާފައިވާ ބޭހެކެވެ. މިއިން ހަސްފަތާލްގައި ބޭއްވުމާއި ފުރާނައަށް ނުރައްކާ ވުމުން ސަލާމަތް ކޮށްދޭ ކަމަށް އެކުންފުނިން ބުނެއެވެ.

މާރެކްއިން ވަނީ އިންޑިއާގެ އަށް ކުންފުންޏަކަށް މި ބޭސް އުފެއްދުމަށް ހުއްދަ ދީފައެވެ. އަދި ބެންގަލޯރގެ އެވަރެސްޓް ކުންފުންޏާއެކު މާރެކްއިން އެއްބަސްވެފައި ވަނީ މި ބޭހުގައި ބޭނުންކުރާ އަސާސީ މާއްދާ އުފައްދައި ދިނުމަށެވެ. މިއާއެކު އެވަރެސްޓް ކުންފުނީގެ ޙިއްސާގެ އަގު މަތިވެގެން ގޮސްފައިވާ ކަމަށް ރޮއެޓާޒްއިން ބުނެއެވެ.