އިންޑިއާގެ އަމިއްލަ ކުންފުންޏަކުން އުފައްދާފައިވާ ކޯވެކްސިން އުމުރުން 2 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ކުއްލި ހާލަތުގައި ދިނުމަށް އިންޑިއާއިން ހުއްދަ ދީފިއެވެ. ބާރަތު ބައޯ ޓެކްގެ ކޯވެކްސިން އަށް ކުއްލި ހާލަތުގައި މި އުމުރު ފުރައަށް ބޭނުންކުރުމަށް ހުއްދަ ދީފައި ވަނީ އެ ކުންފުނިން ކޮށްފައިވާ ޓެސްޓްތައް ތަޖުރިބާކާރުންގެ ޓީމަކުން ދިރާސާ ކުރުމަށް ފަހުއެވެ.

އިންޑިއާއިން ވަނީ ޒައިޑަސް ކަޑިއްލާއިން އުފައްދާފައިވާ ޒައި ކޮވް ޑީ ވެކްސިންވެސް އުމުރުން 2 އަހަރާ 18 އަހަރާ ދެމެދުގެ ކުދިންނަށް ދިނުން ހުއްދަ ކޮށްފައެވެ.