ފާއިތުވި 24 ގަޑިއިރު ތެރޭގައި އައްޑޫ ސިޓީން އިތުރު 18 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އަލަށް ޕޮޒިޓިވްވެފައިވަނީ 17 ދިވެއްސަކާއި ބިދޭސީއެކެވެ. މި އަދަދަށް މީހުން އަލަށް ޕޮޒިޓިވްވި އިރު މި މުއްދަތުގައި އެކަކުވެސް ބަލީން ފަސޭހަ ވެފައެއް ނުވެއެވެ.

އަލަށް ޕޮޒިޓިވްވި 18 މީހުންނާއެކު އައްޑޫ ސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 1726 އަށް އަރައިފައެވެ. އޭގެތެރެއިން 1471 މީހަކު ވަނީ ބަލީން ފަސޭހަވެފައެވެ. މި ބަލީގައި އައްޑޫ ސިޓީން މިހާތަނަށް ވަނީ 4 މީހަކު ނިޔާވެފައެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 17 މީހަކު ޕޮޒިޓިވް ވެފައިވަނީ ވެރިކަންކުރާ އަވަށް ހިތަދޫއިންނެވެ. އަށާރަ ވަނަ މީހާއަކީ ފޭދޫއިން ޕޮޒިޓިވްވި މީހެކެވެ.

އައްޑޫސިޓީގެ އެކްޓިވް ކޭސްގެ މިހާރުގެ ޖުމްލައަކީ 252 މީހުންނެވެ. އެއީ ހިތަދޫގައި ތިބި 148 މީހަކާއި މަރަދޫގައި ތިބި 16 މީހަކާއި މަރަދޫފޭދޫގައި ތިބި 29 މީހަކާއި ފޭދޫގައި ތިބި 56 މީހަކާއި މީދޫގައި ތިބި 2 މީހަކާއި ހުޅުދޫގައި ހުރި މީހެކެވެ.

އައްޑޫގައި މިވަގުތު ތިބި ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދަކީ 357 އެވެ.