އދ.ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި އިއްޔެ ފެނުން އެރަށު މޮނަލާޒް، މަހްމޫދު އަބޫބަކުރު (57އ) ގެ ހަށިގަނޑު މިއަދު މާލެ ގެނެސްފިއެވެ.

އޭނާގެ ހަށިގަނޑު ވަނީ ފުލުހުންގެ ލޯންޗެއްގައި މިއަދު ހެނދު މާލެގެނެސް އައިޖީއެމްއެޗަށް ގެންގޮސްފައެވެ. އޭނާގެ ހަށިގަނޑު މާލެ ގެނައީ ޓެސްޓްތަކެއް ހެދުމަށްކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ފުލުހުން ރަސްމީކޮށް ވަކި އެއްޗެއް ނުބުނެއެވެ. އެހެން ކަމުން މަހުމޫދުގެ ހަށިގަނޑު މާލެ ގެނައި ކޮން ޓެސްޓްތަކެއް ހެދުމަށް ކަމެއް ސާފެއް ނުވެއެވެ.

މަޢުލޫމާތު ލިބޭގޮތުގައި ޓެސްޓްތައް ހެދުމަށްފަހު މަހްމޫދުގެ ހަށިގަނޑު ދަނގެއްޗަށް ގެންދާނެއެވެ.