ބޭނުންވާ ތަކެތި

1 ކިލޯ ފުށް

7.1 ޖޯޑު ތާފަނާ ފެން ( 400 އެމްއެލް )

7.1 ޖޯޑު ޔޯގަރޓް ( 400 އެމްއެލް )

1 މޭޒުމަތީ ސަމުސާ ލޮނު

10 ގުރާމު ޔީސްޓް

3 ސަމުސާ ވެޖިޓަބަލް އޮއިލް

½ ޖޯޑު ބަޓަރ ( 60 ގުރާމު )

ފުށް ތައްޔާރުކުރުން

ފުށާއި ޔީސްޓު ލޮނު ޔޯގަޓު އެއްކޮށް ފެން އަޅައިގެން މޮޑެލާށެވެ. މޮޑެލުމަށްފަހު ފުށްގަނޑުގައި ތެޔޮ އުނގުޅާށެވެ. އެއަށްފަހު 8 ގުޅައަށް ފުށްގަނޑު ބަހާލާށެވެ. ދެން ގުޅަތައް އޮމާން ކުރުމަށްފަހު ހިކި، ތައްޓެއްގައި އަތުރާލާށެވެ. އެއަށްފަހު 15 މިނެޓް ތަށީގައި މަތިޖަހާފައި ބަހައްޓާށެވެ. ދެން ރޮށިދަމާ ގޮތަށް ވައްކޮށް ގުޅަތައް ދަމާލާށެވެ. އެއަށްފަހު ތަވައެއްގައި ފިހެލާށެވެ. ދެން ބްރެޑް ހޫނުކޮށް ހުއްޓާ ބަޓަރ އުނގުޅާށެވެ.